އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގުގެ މަތިން 15 ފެބުރުއަރީ 2018ވީ ބުރާސްފަތި ދުވަސް ބޮޑުފޮޅުދޫ ސްކޫލުން ޚާއްސަކޮށްފައިވަނީ މިސްކޫލްގެ މުދައްރިސުންނާއި ޓީޗަރުންނަށް މިއަހަރުގެ ފުރަތަމަ ޕީ.ޑީ ދުވަހުގެ ގޮތުގައެވެ.
ޕީ.ޑީ ފުރަތަމަ ސެޝަން ނަންގަވައިދެއްވާފައިވަނީ ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްއެވެ. މިސެޝަން ޚާއްސަކުރެވިފައިވަނީ ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީއަށް އެެންމެހާ މުދައްރިސުންނާއި ޓީޗަރުން އަހުލުވެރިކުރުމަށެވެ. މިސެޝަންގައި ޕޮލިސީއާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ވީޑިއޯއެއް ދައްކާފައިވެއެވެ. އަދި އިތުރު ބައެއް އެކްޓިވިޓީތަކާއެކު ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ ޓީޗަރުންނަށް އަހުލުވެރިކުރުވުމަށް ޓީޗަރުން ގްރޫޕްތަކަށް ބަހާލުމަށްފަހު ވަކިވަކި ގްރޫޕްތަކަށް ޓާރގެޓް އޯޑިއެންސް ދިނުމަށްފަހު ރޯލް ޕްލޭއެއް ހުށަހެޅުމަށް ފުރުސަތުދެވުނެވެ. މިސެޝަން ނިންމާލެވިފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގަކަން ޓީޗަރުންގެ ކޮމެންޓްތަކުންނާއި ފީޑްބެކްތަކުން އެނގިފައިވެއެވެ.
ދެވަނަ ސެޝަން ގައި ކުރިއަށް ގެންގޮސްފައިވަނީ ކަރިކިޔުލަމް އިންޓިގްރޭޓްކުރުމުގެ މަސައްކަތެވެ. އެގޮތުން މިމަސައްކަތް ފެށުމުގެ ކުރިން ޓީޗަރުން ކެންވަސް އަށް އަހުލުވެރިކުރުވުމަށްޓަކައި ކެންވަސްގައިޑް ހިއްސާކުރެވުނެވެ. އަދި ކެންވަސްގައި ރެޖިސްޓްރީނުވެތިބި މުދައްރިސުން ކެންވަސްގައި ރެޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ހުރިހާ ޓީޗަރުން ވަނީ ޑިޖިޓަލައިޒޭޝަން އޮންލައިން ކޯހުގައި ބައިވެރިކޮށްނިންމާފައެވެ. އަދި މީގެ އިތުރުން އެސެސްމަންޓް ފޯރ ލާރނިންގ ކޯރސްފުރިހަމަ ނުކުރާ ފަރާތްކުގެ މައުލޫމާތު ހޯދާ އެ ކޯސް ފުރިހަމަ ކުރުވުމަށް ބާރު އަޅާފައިވެއެވެ. އިންޓިގްރޭޝަން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިސެޝަން ނަންގަވައިދެއްވ|ީ ޕީ.ޑޯ ކޯރޑިނޭޓަރ ހަސަން މޫސާ އަދި ޕްރިންސިޕަލް މޫސާ ނިމާލްއެވެ.
Leave a Reply