ބޮޑުފޮޅުދޫ ސްކޫލްގެ ގުރޭޑް3 ގެ ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި އއ. މަތިވެރިއަށް ޒިޔާރަތްކޮށްފިއެވެ. މި ދަތުރަކީ ގުރޭޑް 3 ގެ ދިވެހި މާއްދާގެ އެއްފިލާވަޅު ކަމުގައިވާ ދަނޑުވެރިކަމާބެހޭ މައުލޫމާތު ހޯދާ، އެކުރުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމަށްޓަކައި ކުރެވުނު ދަތުރެކެވެ.
މިދަތުރުގައި މަތިވެރީގައި ދަނޑުވެރިކަން ކުރައްވާ ފަރާތެއްކަމުގައިވާ އީސާފުޅު ހައްދާފައިވާ ބައެއް ދަނޑުތަކަށް ޒިޔާރަތްކޮށް އެތަނުގައިވާ ގަސްގަހާބެހޭ މައުލޫމާތު އެއްކޮށްފައިވެއެވެ. އަދި ތަފާތު އެކިބާވަތް ބާވަތުގެ ގަސްގަހާގެހި ހެއްދުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތަކާއި ދަނޑުވެރިކަމުގެ ގޮތުން އީސާފުޅު ހައްދާ ބާވަތްތަކާބެހޭ މައުލޫމާތުވެސް ދަރިވަރުން އެއްކޮށްފައި ވެއެވެ. މި ޒިޔާރަތުގައި ދަރިވަރުން ވަނީ ދަނޑުވެރިކަން ކުރަން ގެންގުޅޭ ބައެއް އާލަތްތަކާއި އަދި މިތަކެއްޗަށް ކިޔާނަމާއި އޭގެ ބޭނުން ކުރާ ގޮތްވެސް ތަޖުރިބާ ކޮށްފައެވެ. މިދަތުރުގައި ބައިވެރިވެފައިވަނީ ގުރޭޑް 3 ގެ 18 ދަރިވަރުންނާއި، ސްކޫލްގެ ޕްރިންސިޕަލް މޫސާ ނިމާލްއާއި، އެޑްމިނިސްޓްރޭޓަރ މުސްތަފާ އަހުމަދާއި ލީޑިންގ ޓީޗަރ މަދީހާ އަހުމަދާއި، އިސްލާމް މުދައްރިސް ފާތުމަތު ސާނާއާއި އެޑްމިން އޮފިސަރ ޝެހެނާޒުއާދަމާއި ލީލާ ރުޝްދީގެ އިތުރުން ޕްރިންޓަރ ހަސަން ނާފިއުއާއި ފަރީސާ އަދި ޕީ.ޓީ.އޭގެ ނައިބުރައީސް އައިސަތު އަބުދުﷲ އެވެ.
މިއަމަލީ ތަޖުރިބާ ދަތުރުގައި އއ. މަތިވެރީ ސްކޫލުން ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނަށް ކިޔާފައިވާ ހޫނު މަރުހަބާއާއި އަދި ބެހެއްޓެވި ގާތްކަމާއި އަދާކޮށްދެއްވި މެހެމާންދާރީ ފާހަގަކޮށް، މަތިވެރީ ސްކޫލްގެ ޕްރިންސިޕަލް އެޑްވިން އަށާއި އަދި ސްކޫލްގެ މެނޭޖްމަންޓާއި އެންމެހާ ޓީޗަރުންނާއި މުވައްޒަފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.
Leave a Reply