ބޮޑުފޮޅުދޫ ސްކޫލްގެ ހޭންޑްބޯޅަ ޓީމާއި ފުޓްސަލް ޓީމް އެކުވެރި ކަމުގެ މެޗެއްކުޅުމަށްޓަކައި މިއަދު ހަވީރު އ.އ މަތިވެރިއަށް ޒިޔާރަތްކޮށްފިއެވެ. ބޮޑުފޮޅުދޫ ސްކޫލްގެ ދެޓީމަށްވެސް މަތިވެރީ ސްކޫލުން ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާއެކެވެ. ދެޓީމުގެ އިސްތިގްބާލުގައި މަތިވެރީ ސްކޫލްގެ ހޭންޑްބޯޅަ ޓީމާއި ފުޓްސަލް ޓީމް ބަނދަރުގައި ހާޒިރުވެ ތިއްބެވެ.
ފުރަތަމަ ކުޅެފައިވަނީ ހޭންޑް ބޯޅަ މެޗެވެ. މިމެޗްގައި ކުޅުނީ ހާފަކަށް 15 މިނިޓް ވަގުތު ކަނޑައަޅައިގެންނެވެ. މެޗް ފުރަތަމަ ހާފުފެ ށުނު ތަނުން ބޮޑުފޮޅުދޫ ސްކޫލް ޓީމުން ރަނަގަޅު ހަމަލާއެއް އުފައްދައި ފުރަތަމަ ގޯލް ސްކޯރ ކުރިއެވެ. އަދި އެއަށްފަހު މަތިވެރީ ސްކޫލް ޓީމުން ކުޅުން ރަނގަޅުކޮސް ފަހަތުން އަރާއި ގޯލްޖަހައި ނަތީޖާ ހަމަ ހަމަ ކުރިއެވެ. ދެވަނަ ހާފުގައި ރަނގަޅު ކުޅުމެއް މަތިވެރީ ޓީމުން ދައްކާފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ ނަތީޖާއަކަށްވީ 3 -1ގެ ނަތީޖާއަިން މަތިވެރި ސްކޫލް މެޗް ކާމިޔާބު ކުރުމެވެ.
ދެވަނައަށް ކުޅުނީ ފުޓްސަލް މެޗެވެ. މިމެޗްހެ ކުޅުން ފެށިފައިވަނީ ހަވީރު 5.15 ހާއިރުއެވެ. މެޗްގެ ކުޅުންފެށި ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަރަށް ރީތި ކުޅުމެއް ކުޅެފައިވެއެވެ. ވަރަށް ވާދަވެރިކޮސް ދެޓީމުންވެސް ހަމާލާތައް އުފައްދާ ގޯލް ސްކޯރ ކުރެވޭތޯ މަސައްކަތް ކޮށްފައިވެއެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހީ ބޮޑުފޮޅުދޫ ސްކޫލް ޓީމުންނެވެ. އެއަށްފަހު މަތިވެރި ޓީމުން އާ ހިއްވަރަކާއެކު މަސައްކަތް ކޮށް ކުޅުން ރަނަގަޅު ކޮށް ދޭންފެށި ހަމަލާތަކުގެ ނަތީޖާއަކަށްވެގެން ދިޔައީ މަތިވެރީ ސްކޫލް ޓީމުން ގޯލް ޖަހައި ނަތީޖާ ހަމަ ހަމަ ކުރުމެވެ. ދެވަނަ ހާފުގައި ދެވަނަ ފަހަރަށް ބޮޑުފޮޅުދޫ ސްކޫލުން ގޯލެއްޖަހައި ނަތީޖާ ބަދަލުކޮށްލިއެވެ. އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭ މަތިވެރީ ސްކޫލުން އަނެއްކާވެސް ގޯލް ޖަހައި ނަތީޖާ ހަމަ ހަމަަ ކޮށްލިއެވެ. މެޗްނިމިގެން ދިޔައީ 2 – 2ން ދެޓީމުވެސް އެއްވަރުވެގެންނެވެ.
Leave a Reply