ބޮޑުފޮޅުދޫ ސުކޫލުގެ އިންޓަހައުސް ހޭންޑުބޯލް މުބާރާތުގެ ޗެމްޕިއަންކަން ފުނަހައުސްއިން ހޯދައިފިއެވެ. 25 ފެބުރުއަރީ 2020 އިން 1 މާރިޗް 2020 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބަދަލުކޮށްފައި ފުނަ އަދި މިދިލި ހައުސްއެވެ. މި މެޗު ނިމިގެން ދިޔައީ 2- 5 ގެ ނަތީޖާ އަކުން ފުނަ ހައުސް ކުރި ހޯދައިގެނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފުނަ ހައުސްގެ ޖަރޒީ ނަމްބަރު 6 ޢާއިޝަތު ޝަހާމާއެވެ.
ދެ ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ މިދިލި އަދި ކާނި ހައުސްއެވެ. މި މެޗުގައި މޮޅު ކުޅުމެއް ދައްކައި 4-11 ގެ ތަފާތަކުން ކުރި ހޯދައިފައިވަނީ މިދިލި ހައުސް އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މިދިލި ހައުސްގެ ޖަރޒީ ނަމްބަރު 7 އައިމިނަތު ލަހުފާއެވެ.
މުބާރާތުގެ 3 ވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ފުނަ އަދި ކާނި ހައުސްއެވެ. މި މެޗުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، 2-5 ގެ ތަފާތުން ކުރި ހޯދައި ފުނަ ހައުސް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މިދިލި ހައުސްގެ ޖަރޒީ ނަމްބަރު 19 ފާތިމަތު ހަނާ އެވެ.
ހައުސްތަކުގެ މެދުގައި ބޭއްވުނު މި މުބާރާތުގެ ފައިނަލުގައި ބައްދަލުކޮށްފައިވަނީ ފުނަ އަދި މިދިލި ހައުސްއެވެ. މި މެޗު ކުޅެމުންދިޔަ ސަރަހައްދަށް ބަލައިލުމުން ފެނިގެންދިޔައީ ކޮމެ ޓީމެއްގެވެސް ދަރިވަރުންނާއި ސަޕޯޓަރުން ގެ ހިތުގައި އެޓީމުތަކަށް އޮތް ލޯތްބެވެ. ކުދި ބޮޑު އެންމެންވެސް ދިޔައީ ވަރުބަލިކަމެއްނެތި އެބައެއްގެ ޓީމަކަށް ސަޕޯޓު ކުރަމުންނެވެ. ޕޮންޕޮން އާއި ފުއްޕާހަން ބޭނުންކޮށްގެނެވެ. ޖޯޝާއި ފޯރީގައެވެ. ޓީމު ކުދިން ވަރުބަލި ނުވާހާ ހިނދަކު ސަޕޯޓަރުންވެސް ވަރުބަލި ނުވާނެކަން ހާމަކޯށްދެމުންނެވެ.
މި ފޯރިގަދަ ފައިނަލް މެޗު ކުޅެންފަށާފައިވަނީ 1 މާރިޗު 2020 ވީ އަދިއްތަދުވަހު ހެދުނު 6:15 ގައެވެ. ވާދަވެރިކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ފުނަ ހައުސްއިންނެވެ. ފުރަތަމަ ލަނޑުޖަހައި، މާ ގިނައިރުތަކެއް ނުވެ ފުނަ ހައުސްއިން ވަނީ އެމީހުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ނަމަވެސް މިދިލި ހައުސްއިން ހިތްވަރު އެލުވައިނުލާ ކުޅުމުގެ ނަތީޖާއަކަށްވީ، ފަހަތުންއަރައި މިދިލި ހައުސް އިން 2 ލަނޑު ކާމިޔާބުކޮށް ފުނަ ހައުސް އާއި އެއްވަރު ކުރުމެވެ. ނަމަވެސް ގިނައިރުތަކެއް ނުވެ ފުނަ ހައުސްއިން ވަނީ އަނެއްފަހަރު މިދިލި ހައުސްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނު އިތު ނަތީޖާ އަކީ ފުނަ ހައުސް 5 އަދި މިދި ލިހައުސް 2 ލަނޑެވެ.
މި މެޗުގެ 2 ވަނަ ހާފުގެ ކުޅުން ފެށިގެން ކުރިޔަށް ދިޔައިރު ފެނިގެންދިޔައީ ދެ ޓީމުންވެސް މުބާރާތް ކާމިޔާބުކުރުމަށް ކުރަމުންދިޔަ ހިތްވަރެވެ. ކޮންމެ ކުޅުންތެރިޔަކުވެސް ދިޔައީ އެ ކުޅުންތެރިޔެއްގެ އެންމެ މޮޅު ކުޅުން ދައްކަމުންނެވެ. ކޮންމެ ކުޅުންތެރިޔެއްގެ މޫނުމަތިންވެސް ފެނިގެން ދިޔައީ، އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އުންމީދު ކަނޑާނުލާނޭފަދަ އަޒުމެކެވެ. ޖޯށާއި ފޯރީގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 5 ލަނޑު 10 ލަނޑުން ކުރިހޯދައި ފުނަ ހައުސް މުބާރާތުގެ ފަހުރުވެރި 1 ވަނަ ހޯދައިގެނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ މިދިލި ހައުސްގެ ޖަރޒީ ނަމްބަރު 19 ފާތިމަތު ހަނާ އެވެ.
ނިދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ދަރިވަރުންނަށާއި ޓީމުތަކަށް ވަނީ ޓުރޮފީ އާއި މެޑެލް ހަވާލުކޮށްފައެވެ.
- ޓޮޕް ސުކޯރާ – ފާތިމަތު ހަނާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 19) އަދި
- އައިމިނަތު ލަހުފާ (މިދިލި ހައުސް، ޖަރޒީ ނަމްބަރު 7)
- ފެއާ ޕުލޭޔާރ – ރައުފާ ޖަމްސީދު (ކާނި ހައުސް، ޖަރޒީ ނަމްބަރު 7)
- އެންމެ މޮޅު ގޯލް ކީޕަރ – ހައްވާ ނިއުޝާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 7)
- އެންމެ މޮޅު 5 ކުޅުންތެރިން – ފާތިމަތު ހަނާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 19)
- އައިޝަތު ޝަހާމާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 6)
- ހައްވާ ނިއުޝާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 7)
- ފާތިމަތު ނުޒުހާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު )
- އައިމިނަތު ލަހުފާ (މިދިލި ހައުސް، ޖަރޒީ ނަމްބަރު 7)
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ – ފާތިމަތު ހަނާ (ފުނަ ހައުސް، ޖަރޒީ ނަމްބަރު 19)
- ފެއާ ޕުލޭ ޓީމު – ކާނި ހައުސް
- ރަނަރަޕް ޓީމު – މިދިލި ހައުސް
- ޗެމްޕިއަން ޓީމު – ފުނަ ހައުސް
ބޮޑުފޮޅުދޫ ސުކޫލު، އިންޓަހައުސް ހޭންޑުބޯލް ގެ ފަހުރުވެރި އެއްވަނަ ފުނަ ހައުސް ހޯދުން ވެގެން ގޮސްފައިވަނީ ކުޅިވަރުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭފަދަ ކަމަކަށެވެ. މިއީ ހޭންޑުބޯލް މުބާރާތުގައި މި ވޭތުވެދިޔަ 9 އަހަރު ތެރޭގައި ފުނަހައުސްއަށް މި ތަށި ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ލިބުނު ކާމިޔާބު ވެގެން ދިޔައީ ފުނަ ހައުސްގެ ކުދިންނަށާއި ފުނަ ހައުސްގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ.
ޚަބަރު ލިޔުނީ: ރައުފާ ޖަމްސީދު ( ގުރޭޑު:9 )
Leave a Reply