ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުއައްޒަފުން އަދި ބެލެނިވެރިން ނުކުމެ ބޮޑުފޮޅުދޫ ލޯކަލް ބީޗް ސަރަހައްދު ސަރަހައްދުގައި ހުރި އޮށްގަލާ އަކިރި އަދި ބޮޑެތި ގައުތައް ނަގާ ސާފުކޮށްފިއެވެ. މިކަން ކޮށްފައިވަނީ ފެބުރުއަރީ މަހުގެ 10 އަދި 11 މި ދެދުވަހު ހެނދުނާއި ހަވީރު އެވެ. މިމަސައްކަތަކީ ބޮޑުފޮޅުދޫ ސްކޫލްގެ 2018 ވަނަ އަހަރުގެ ހައުސްތަކުގެ މެދުގައި ބާއްވާ އެކިއެކި ކުޅިވަރު ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތެކެވެ. މިމަސައްކަތުން 15000.00 ރުފިޔާ ވަނީ ތިން ހައުސްއަށް ލިބިފައެވެ. މިމަސައްކަތުގައި ބައިވެރިވެދެއްވި ހުރިހާ ދަރިވަރުންނާއި މުއައްޒަފުން އަދި ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކަށް ބޮޑުފޮޅުދޫ ސްކޫލްގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ.
ލޯކަލް ބީޗް ސަރަހައްދު ސާފުކޮށްފި.
ސޯޝަލް މީޑިޔާގައި ސެއަރކުރުމަށް
Leave a Reply