މިއަހަރަށް އެކުލަވާލެވުނު ޕްރިފެކްޓް ބޯޑާއި، އެސް.އެލް އޭ އާއި ސީޕް، ސައެންސް ކްލަބު އަދި އިސްލާމް ކުލަބާއި ޕީ.ޓީ.އޭ އިފުތިތާހު ކުރުމަށް ބޭއްވި ރަސްމީ ޖަލްސާއޮތީ 20 މާރިޗް 2018ވީ އަންގާރަ ދުވަހުގެ ރޭ 8.30ގައި ބޮޑުފޮޅުދޫ ސްކޫލް ހޯލްގައެވެ. ޖަލްސާ ޝަރަފުވެރި ކޮސްދެއްވީ ބޮޑުފޮޅުދޫ ސްކޫލްގެ ޕްރިންސިޕަލް މޫސާނިމާލް އެވެ. ޖަލްސާ ފަށްޓަވައިދެއްވީ ކީރިތި ޤުރުއާނުގެ ބަރަކާތުން ގުރޭޑް 10ގެ ދަރިވަރު އަބަުދުﷲް ޞަފަުޢާން މުޙައްމެދެވެ. ކިޔެވި ދިޔަ އާޔަތްތަކުގެ މާނަ އިއްވަވައިދެއްވީ ގްރޭޑް 10ގެ ދަރިވަރު އާމިނަތު ލަމްހާ އެވެ އެއަށްފަހު ޖަލްސާ ތަޢާރަފު ކޮށްދެއްވީ ގްރޭޑް10 ގެ ދަރިވަރު ފާތުމަތު ރައުޝަންއެވެ.
ޕީ.ޓީ.އޭގެ މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ބޮޑުފޮޅުދޫ ސްކޫލްގެ އެޑްމިނިސްޓްރޭޓަރ މުސްތަފާ އަހުމަދެވެ. މިއަހަރުގެ ޕީ.ޓީ.އޭގެ ނައިބުރައީސަކަށް ހޮވިފައިވަނީ އަލްފާޟިލް އައިސަތު އަބުދުﷲް /މީނާޒް އެވެ. ޕްރިފެކްޓް ބޯޑާއި އެކި އެއކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށްޓައީއާ، ސޭޝް އަދި ޓެގް ހަވާލްކޮށްދެއްވީ ޕްރިންސިޕަލް މޫސާ ނިމާލެވެ. ޕްރިފެކްޓްްބޯޑްގެ ދަރިވަރުންނަށް އިގްރާރު ލައިދެއްވާފައިވަނީ ޕްރިފެކްޓް ބޯޑްގެ އިންޗާޖް ބޮޑުފޮޅުދޫ ސްކޫލްގެ ބިޒްނަސް ސްޓަޑީޒް ޓީޗަރ އަލްފާޟިލް އާތިފު މުހައްމްދެވެ. އެއަށްފަހު ދަރިވަރުންނާ މުޚާތަބުކޮށް އާތިފު ސަރ ވަނީ ވެވުނު އިގްރާރުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އަދި މިއަހަރު ޕްރިފެކްޓް ބޯޑް ހިންގާނެ ގޮތުގެ ކުރު ޕްލޭނެއްވެސް ވަނީ ހިއްސާ ކުރައްވާފައެވެ.
މިއަހަރު ސްކޫލް ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ސާއިދާ ރަހުމާ އަހުމަދު/ރަތްވިލާގެ އެވެ. ސާއިދާގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފއިވަނީ ސްކޫލް ކެޕްޓަން ކަމުގެ މަގާމު ހާސިލުކުރުމަށް ކުރި ބުރަ މަސައްކަތުގެ މަށްޗަށެވެ. އަދި ސްކޫލްގެ ޑެޕިޔުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު މުހައްމަދު ޝާފިޢު/ނޫވިލާގެ އެވެ. ސްކޫލްގެ ގޭމްސް ކެޕްޓަނަކަށް ހޮވިފައިވަނީ އަބުދުﷲ ޞަފްޢާން މުހައްމަދު /ގްރޭޑް 10 އެވެ.
Leave a Reply