ބޮޑުފޮޅުދޫ ސްކޫލްގެ މުވައްޒަފުން މަސައްކަތްތެރިންގެ ދުވަސް ފާހަގަކޮށްފިއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްގެ ހުރިހާ މުވައްޒަފުންވަނީ މިއަދު ހެނދުނު ޚާއްސަ ހަރަކާތެއްގެ ގޮތުން ޕިކްނިކް ގޮސްފައެވެ. މި ޕިކްނިކްގެ މައިގަނޑު ބޭނުމަކީ މަސައްކަތުގެ މާހައުލުން ދުރަށް ޖެހިލައި ހުރިހާ މުވައްޒަފުންނަށް ހަމަހިމޭން ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުމެވެ. މީގެ އިތުރުން މޫދަށް އެރި ސްނޯކަލް ކޮސް ފަރުބަލާލުމުގެ ފުރުސަތުވެސްވަނީ ދީފައިެވެ. 3 މުވައްޒަފަކު ފިޔަވައި ހުރިހާ މުވައްޒަފުން ބައިވެރިވެފައި ވެއެވެ. ސްނޯކްލް ކޮސް ފަރުބަލާލުމުގެ އެންމެމުހިންމު އެއްބޭނުމަކީ މިހާރު ސްކޫލްތަކުގައި ހިންގަމުންދާ ފަރުކޮއެ ޕްރޮގްރާމާވެސް ގުޅުވާލުން ކަަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ. މީގެ ކުރިނަވެސް ވަނީ ސްކޫލްގެ ހުރިހާ މުވައްޒަފުން ފަރުކޮއެ ޕްރޮގްރާމްގައިބައިވެރިވެ މޫދަށްއެި ފަރުބަލާފައެވެ.
ދުވަހާ ގުޅޭ އިތުރު ހަރަކާތްތަކުގެ ތެރޭގައި މިރޭ ސްކޫލްގެ ހުރިހާ މުވައްޒަފުން ބާއްވާ ވަރަށް ޚާއްސަ ރޭގަނޑުގެ ފަރިއްކޮޅެއް އޮންނާނެނެއެވެ. މިފަރިއްކޮޅުގައި މުވައްޒަފުންގެ އެންޓަރޓެއިންމަންޓް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަސްވެސް ވަނީ ރާވާފައެވެ.
ބޮޑުފޮޅުދޫ ސްކޫލްގެ މުވައްޒަފުންނަކީ އަބަދުވެސް ވަރަށްބުރަކޮށް މަސައްކަތް ކުރައްވާ އަދި ގިނަވަގުތު ސްކޫލްގައާއި ސްކޫލުން ބޭރުގައިވެސް ސްކޫލްގެ މަސައްކަތް ކުރެއްވުމުގައި ހޭދަކުރައްވާ، ވަރަށް އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި ފާހަގަކުރެވޭ މުވައްޒަފުންތަކެކެވެ.
Leave a Reply